ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ ބުލެޓިންގައި ބުނެފައިވެއެވެ.
"ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއިބެހޭ ގައުމީ އެ އިދާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް