މުއިއްޒު ސަރުކާރުގެ މަސްތުވާތަކެތީގެ ފުރަތަމަ، ބޮޑު އޮޕަރޭޝަން – 5.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ދިވެހި ފުލުހުންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި އަދި ކަރެކްޝަންސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 5.5 މިލިޔަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފިއެވެ. މިކަން ހާމަކުރެއްވީ ...

18 Dec 2023 | 06:06

ދިވެހި ފުލުހުންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި އަދި ކަރެކްޝަންސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 5.5 މިލިޔަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފިއެވެ.

މިކަން ހާމަކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

އެކްސްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ އެ އޮޕަރޭޝަނަކީ ސީދާ ރައީސްގެ އިރުޝާދާއި ލަފާގެ ދަށުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަންގައި 53 ބިދޭސީއަކުވެސް ހައްޔަރުކޮށްފައިވާކަމަށެވެ.

މިއީ ރައީސް މުއިއްޒުގެ އާ ސަރުކާރު ހުވާ ކުރި ފަހުން، މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް