އާ ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ކޮމިޓީން ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބުނެއެވެ.
އެގޮތަށް އެ ނިންމުން ނިންމީ އަލަށް އުފެއްދި ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން މަޖިލީހަށް ފޮނުވާފައިނުވާކަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ފާހަގަކުރެއްވުމުންނެވެ.
ކޮމިޓީ ރިޕޯޓަކަށް ވޯޓަށް ނާހާ ފޮނުވާނުލެވޭނެކަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ފާހަގަކުރެއްވިނަމަވެސް ރިޔާސަތުން އެންގެވީ ރިޕޯޓް އަނބުރާ ފޮނުވާލަން ނިންމީ ހިސާން ފާހަގަކުރެއްވި ފަދައިން އެ ރިޕޯޓް ފުރިހަމަ ނުވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް