ފީފާ ވޯލްޑް ކަޕް 2022 ގެ އެންމެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އާޖެންޓީނާގެ 10 ނަންބަރު، ލިއޮނަލް މެސީ ހޯދައިފިއެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި ހޯދިއިރު، އާޖެންޓީނާގެ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ މެސީގެއެވެ. އަދި މިއީ ވޯލްޑް ކަޕެއްގައި މެސީގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން ވެސްމެއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ޖެހި 2 ލަނޑާއެކު މެސީ ވަނީ މުބާރާތުގައި ޖުމްލަ 7 ލަނޑު ޖަހާފައެވެ. އަދި 4 ލަނޑެއް ޖެހުމަށް އޭނާ އެހީތެރިވެސް ވެދިނެވެ. ލަނޑުތަކުގެ އިތުރުން، މެސީ ހުއްޓުވުން މުޅި މުބާރާތުގައި ވެސް ވީ އިދިކޮޅު ޓީމުތަކަށް އުނދަގޫ ކަމަކަށެވެ.
މެސީގެ ފަހު ވޯލްޑް ކަޕްގައި މެސީ މި ވަނީ ވޯލްޑް ކަޕްގެ ތަށި އުފުލާލާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.
މުބާރާތުގައި 8 ލަނޑު ޖަހައި، މުބާރާތުގެ ރަންބޫޓު ހޯދީ ފްރާންސްގެ ކިލިޔަން އެމްބާޕޭ އެވެ. އޭނާ ވަނީ މުބާރާތުގެ ފައިނަލް މެޗުގައި ހެޓްރިކެއް ވެސް ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް