ފީފާ ވޯލްޑް ކަޕް 2022 ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ލިބިއްޖެއެވެ.
އުމުރުން އެންމެ 21 އަހަރުގެ އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގައި ވެސް ކުޅެފައެވެ. ފުރަތަމަ 11 ގައި އޭނާ ނުހިމެނި ހަމައެކަނި މެޗަކީ ސައޫދީ އަރަބިއާއަތުން އާޖެންޓީނާ ބަލިވި މެޗެވެ. އޭނާގެ ފަރާތުން މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ފެނުނުއިރު، އާޖެންޓީނާ ފައިނަލަށް ގެންދިއުމުގައި އޭނާ އާޖެންޓީނާގެ މެދުތެރޭގައި އަދާކުރި ދައުރު ވަރަށް ވެސް މުހިންމެވެ.
އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާ އިން ގްރޫޕް ސްޓޭޖްގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ވެސް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް