ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވަނީ، އެމްޑީޕީގެ އެންމެން ވޯޓު ދިނުމަށް އެދިވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވައިފި އެވެ. އެމްޑީޕީން މިއަދު ވަނީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ...

18 Dec 2022 | 13:30

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީން މިއަދު ވަނީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އެ ފުރުސަތުގެ ސުންގަޑި ހަމަވާނީ މިމަހުގެ24 ގައި އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރަން ނިންމަވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ހުރިހާ މެމްބަރުންގެ ވޯޓު ދެއްވުން ވަރަށް ބޮޑަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހެޅެނީ އެމްޑީޕީގ ެ500 މީހުންގެ ތާއީދު ފޯމާއި އެކު އެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅެ އެވެ.

ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރުން އޮންނާނީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިމަހުގެ 28 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީގެ ވޯޓާސް ލިސްޓް އާންމު ކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް މައުލޫމާތުދެ އެވެ. ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރާނީ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާކަން މިހާތަނަށް ހާމަ ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް