މަސް ދުވަހަށް ދިގު ދެމިގެންދިޔަ، ފޯރިގަދަ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި މިރޭ އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާއިރު، ފައިނަލް މެޗު ފަށާނީ ކުލަ ގަދަ ރަސްމިއްޔާތަކުންނެވެ.
މިރޭ ރާއްޖެ ގަޑިން 20:00 ގައި މެޗު ފަށާއިރު، ކުލަ ގަދަ ރަސްމިއްޔާތެއް އޮންނާނެތީ، ދަނޑަށް ވަންނަ ފޭނުންނަށް ފީފާއިން އިރުޝާދު ދީފައިވަނީ 18:30 ގައި ގޮނޑިތަކުގައި ތިބެވޭވަރަށް ސްޓޭޑިއަމްއަށް ވަނުމަށެވެ. މިރޭގެ ޚާއްސަ ރަސްމިއްޔާތަކީ ލުސެއިން ސްޓޭޑިއަމްގައި 88000 (އަށްޑިހަ އަށް ހާސް) ފޭނުންނަށް އުމުރު ދުވަހަށް ހަނދާން ހުންނަފަދަ ރަސްމިއްޔާތަކަށް ވާނެކަމުގެ ޔަގީންކަން ފީފާއިން ވަނީ ދީފައެވެ.
ފީފާ ވޯލްޑް ކަޕް ކްލޯޒިންގ ސެރެމޮނީ ގައި މިރޭ، މުބާރާތަށް ފީފާއިން ރަސްމީކޮށް ލޯންޗްކުރި ލަވަތަކުގެ މެޝަޕްއެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ޑޭވިޑޯ އާއި އައިޝާ ހައްޔާ ހައްޔާ (ބެޓާ ޓުގެދާ) ލަވަ ކިޔާނެއިރު، "އަރްހަބޫ" ލަވަ ހުށަހަޅައިދޭނީ އޮޒޫނާ އާއި ގިމްސް އެވެ. މީގެ އިތުރުން ނޯރާ ފަތެހީ ބަލްގީސް، ރަހްމާ ރިއާދް އަދި މަނާލްގެ "ލައިޓް ދަ ސްކައި" ލަވަ ވެސް މިރޭގެ ރަސްމިއްޔާތުގައި ފެނިގެން ދާނެއެވެ.
މުބާރާތް ނިންމާލުމަށް، ކުލަގަދަ ރަސްމިއްޔާތަކަށް ތައްޔާރުވެފައިވާއިރު، މުއްސަނދި އަރަބި ގައުމު ގަތަރުން ވޯލްޑް ކަޕް ފެށީ ވެސް، އެ ގައުމުގެ ޘަޤާފަތާއި އިސްލާމީ އާދަކާދަތައް ދައްކުވާލި، ރީތި، ކުލަގަދަ ފުރިހަމަ ރަސްމިއްޔާތަކުންނެވެ.
Tous derrière les bleus !! ????????⚽️ pic.twitter.com/6T3jIMNOq8
— G I M S (@GIMS) December 9, 2022
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް