ފީފާ ވޯލްޑް ކަޕް 2022: ފައިނަލާ ދިމާކޮށް ޕެރިސް މެޓްރޯ އިން އާޖެންޓީނާ ގެއްލިއްޖެ

ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗަށް ވަގުތު ކުޑަތަން ވެފައިވާއިރު، ފްރާންސާއި އާޖެންޓީނާގެ ސަޕޯޓަރުން އަދި އެ ދެ ގައުމުން ވެސް އަންނަނީ މިރޭގެ މެޗަށް ތައްޔާރުވަމުންނެވެ. ދެ ގައުމުގެ ކޮންމެ ހިސާބަކ...

18 Dec 2022 | 12:04

ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗަށް ވަގުތު ކުޑަތަން ވެފައިވާއިރު، ފްރާންސާއި އާޖެންޓީނާގެ ސަޕޯޓަރުން އަދި އެ ދެ ގައުމުން ވެސް އަންނަނީ މިރޭގެ މެޗަށް ތައްޔާރުވަމުންނެވެ. ދެ ގައުމުގެ ކޮންމެ ހިސާބަކުން ވެސް ގައުމީ ޓީމާއެކުގައި ތިބިކަން ދައްކުވައިދޭ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

ފައިނަލް މެޗަށް ވަގުތު ކުޑަތަން ވެފައިވާއިރު، މި ފަހަރު މިއޮތީ ފްރާންސުން ފެނުނު މަންޒަރެކެވެ. ފްރާންސްގެ ވެރިރަށް ޕެރިސްގެ މެޓްރޯއެއްގެ ރޭލު ހުއްޓިއަކަށް (މެޓްރޯ ސްޓޮޕް) ކިޔަނީ އާޖެންޓީނާ އެވެ. އެހެނަސް މިއަދު މަންޒަރު ތަފާތެވެ. "ލެޓްސް ގޯ ބްލޫސް" ޖަހާފައިވާ ފްރާންސްގެ ގައުމީ ޓީމާއެކު ތިބިކަން ދައްކުވައިދޭ ޝިއާރުތައް ހިމެނޭ ޕޯސްޓަރުތަކުން، "އާޖެންޓީނާ" ވަނީ ގެއްލުވާލާފައެވެ.

ތިރީގައި އެ ވަނީ އެ މެޓްރޯ ސްޓޮޕްގެ ވީޑިޔޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް