ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްވޯޅަ މުބާރާރުގެ ފައިނަލް ގައި މިރޭ އާޖެންޓީނާއިން ފްރާންސް އާއި ދެކޮޅަށް ކުޅޭ މެޗުގައި އާޖެންޓީނާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ހުއްޓުވަން ކަމަށް އާޖެންޓީނާ ކޯޗު ސްކޮލާނީ ބުނެފައިވާ ކަމަށް އާޖެންޓީނާގެ ނޫހެއް ޖަމުގައި ވާ އޮލޭއިން ބުނެފިއެވެ.
އާޖެންޓީނާގެ މަޝްޙޫރު ނޫހެއް ކަމުގައިވާ އޮލޭއިން އާންމުކުރި ޚަބަރެއްގައި ބުނެފައިވަނީ މިރޭ އާޖެންޓީނާގެ ކޯޗު ސްކޮލާނީ އެންމެ ބޮޑު އިސްކަމެއް ދޭނީ އެމްބާޕޭ ހުއްޓުވުމަށް ކަމަށާއި އެމްބާޕޭ ހުއްޓުވައިފި ނަމަ ފްރާންސް އަށް މެޗުގައި ސްކޯ ކުރުމުގައި ދަތިތަކާއި ކުރިނަތިވާނޭ ކަމަށެވެ.
މިފަހަރުފެ ވޯލްޑް ކަޕުގެ ފައިނަލަށް ފްރާންސް ދަތުރު ކުރުމުގައި އެންމެ ބޮޑު ދަައުރެއް އަދާކުރި ކުޅުންތެރިޔަކީ އެމްބާޕޭ ކަމަށާއި އެމްބާޕޭ ހުއްޓު ވިއްޖެ ނަމަ ފްރާންސް ބަލިކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ސްކޮލާނީ ބުނެފައިވާ ކަމަށް އޮލޭ ގައި ވެއެވެ.
އަދި މީގެ އިތުރުން ބުނެފައިވަނީ އާޖެންޓީނާއިން މިރޭ ފްރާންސް ހުއްޓުވުމަށް މާސްޓަރ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެގޮތުން އެ ޕްލޭނުގައި އެންމެ ބޮޑަށް އިސްކަމެއް ދީފައިވަނީ ފަސް ޑިފެންޑަރުން ހިމަނައި އެމްބާޕޭ އަށް ލަނޑު ޖެހުމާއި ލަނޑު ޖަހަން އެހެން ކުޅުންތެރިނަށް މަގުފަހި ކުރެވޭނޭ ހުރިހާ ދޮރެއް ބަންދު ކުރުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް