މިރޭގެ ފައިނަލް މެޗަށް އަހަރެން ތައްޔާރު - މެސީ

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާން އާއި ދެކޮޅަށް މިރޭ ކުޅޭ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރަށް ހުރިކަމަށް އާޖެންޓީނާ...

18 Dec 2022 | 08:33

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާން އާއި ދެކޮޅަށް މިރޭ ކުޅޭ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރަށް ހުރިކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

އާޖެންޓީނާގެ ނޫހެއްކަމުގައިވާ ބުއެނޯސް އެއާސް ޓައިމްސް އަށް މެސީ ބުނެފައިވަނީ މިރޭގެ ފައިނަލް މެޗަކީ އޭނާގެ ކެރިއަރުގައި އެންމެ މުހިންމު މެޗު ކަމަށާއި އެހެން ކަމުން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރަށް ހުރިކަމަށެވެ.

އަދި އެހެން މެޗުތަކާއި ޚިލާފަށް މިރޭ މެޗު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތެއްވެސް ކުރާނެ ކަމަށާއި މިރޭގެ މެޗަށް އާޖެންޓީނާގެ މުޅި ޓީމުވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް މެސީ ބުނެފައިވެއެވެ.

" މިރޭގެ ފަައިނަލް މެޗަށް އަހަރެން ތައްޔާރު. މުޅި ޓީމުވެސް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ." މެސީ ބުނެފައިވެއެވެ.

މިވަގުތު އަމާޒު ހިފާފައި ހުރީ އަދި ހުރިހާ ކުޅުންތެރިންގެ ވިސްނުން ވެސް ހުރީ މިރޭގެ މެޗުން މޮޅުވެ ދުނިޔޭގެ ތަށި ހޯދުމަށް ކަމަށް ކަމަށް މެސީ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް