ފީފާ ވޯލްޑް ކަޕް 2022 ފައިނަލް: އާޖެންޓީނާ - ފްރާންސް މެޗު ޕްރިވިޔު

ތާރީޚް: 18 ޑިސެމްބަރ 2022 ގަޑި: 20:00 ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް ފީފާ ރޭންކިންގ: އާޖެންޓީނާ (3)، ފްރާންސް (4) ހެޑް-ޓު-ހެޑް ނަތީޖާތައް: މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ގައުމުގެ 3 ކުރިމަތިލުމެއް ...

18 Dec 2022 | 08:12

ތާރީޚް: 18 ޑިސެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް

ފީފާ ރޭންކިންގ: އާޖެންޓީނާ (3)، ފްރާންސް (4)

ހެޑް-ޓު-ހެޑް ނަތީޖާތައް:

މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ގައުމުގެ 3 ކުރިމަތިލުމެއް ފެނިފައިވެއެވެ. 1930 ވަނަ އަހަރު މި ދެ ގައުމު ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އާޖެންޓީނާ އެވެ. އަދި 1978 ވަނަ އަހަރު، ގްރޫޕް މަރުހަލާގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ވެސް އާޖެންޓީނާ އެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ (2018) ރައުންޑް އޮފް 16 ގައި މި ދެ ގައުމު ވާދަކުރަން ޖެހުނުއިރު، އެ މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ފްރާންސެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ތަށި ހޯދުމަށް، ފްރާންސާއި އާޖެންޓީނާ ވާދަވެރި މެޗަކަށް ނުކުންނައިރު، މި މެޗަކީ މޮޅުވާނެ ޓީމެށް ލަފާވެސް ކޮށްލަން އުނދަގޫ، ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.

މިރޭގެ މެޗާ ކުރިމަތިލާއިރު، ދެ ޓީމުން ވެސް ވަރަށް ބޮޑަށް އެ ދެ ގައުމުގެ ތަރިންނަށް ބަރޯސާ ވާނެކަމަށް ބެލެވެއެވެ. މިއީ އެމްބާޕޭ އާއި މެސީގެ ހަނގުރާމައެކޭ ވެސް ބުނެވިދާނެއެވެ. އެމްބާޕޭގެ ބާރު ދުވެލީގެ ސަބަބުން އޭނާ ހުއްޓުވަން އުނދަގޫއިރު، މެސީއަކީ ކޮށްޓާ ނައްޓާފައި ވަނުމުގައި ދެވަނައެއް ނެތްފަދަ ކުޅުންތެރިއެވެ. ދެ ކުޅުންތެރިންގެ ލަނޑު ޖެހުމުގެ ހުނަރާމެދު ވެސް އުފައްދާނެ ސުވާލެއް ނެތެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންނަކީ (5 ލަނޑު) މެސީ އާއި އެމްބާޕޭ އެވެ. އެހެންކަމުން، މެސީ އާއި އެމްބާޕޭ ހުއްޓުވުމުގައި އިދިކޮޅު ޓީމުގެ ތެރެއިން ބޮޑަށް ކާމިޔާބީ ހޯދޭ ޓީމަކަށް، މިރޭގެ މެޗުގެ ނަތީޖާ ބުރަވުން ވަރަށް ގާތެވެ.

އާޖެންޓީނާ ޓީމުގައި މެސީގެ އިތުރުން، ކުރިޔަށް ކުޅޭ އަލްވަރޭޒް އަކީ ވެސް ނުރައްކާތެރި ކުޅުންތެރިއެވެ. ސެމީ ފައިނަލްގައި އޭނާ ދެ ލަނޑު ޖެހިއެވެ. އަދި މެސީ ޖެހި ޕެނަލްޓީއަކީ ވެސް އޭނާ ހޯދައިދިން ޕެނަލްޓީއެކެވެ. ފްރާންސް ޓީމުގައި އެމްބާޕޭގެ އިތުރުން، ޖިރޫ އަކީ ވެސް ނުރައްކާތެރި ފޯވާޑެކެވެ. ޚާއްސަކޮށް އޭރިޔާގެ ތެރެއަށް މަތިންލާ ބޯޅަތަކުން އޭނާގެ ނުރައްކާތެރިކަން ވަކިން ބޮޑުވާނެއެވެ.

އެމްބާޕޭ ހުއްޓުވުމަށް، އާޖެންޓީނާއިން މިރޭ 5 ޑިފެންޑަރުންނާއެކު، 2-3-5 ފޯމޭޝަނަށް މެޗު ފެށުން ގާތެވެ. އަނެއްކޮޅުން، މެސީ ހުއްޓުވުމުގައި ފްރާންސް ޓީމުން އެންމެ މުހިންމު ދައުރެއް އަދާކުރާނީ މެދުތެރެއަށް ކުޅޭ ޗުއަމެނީއެވެ. އޭނާ އަންނަނީ ޕޮގްބާ އާއި ކާންޓޭ ނެތްތަން ފޫބައްދަމުންނެވެ. ފްރާންސުން އެ މީހުންގެ 3-3-4 ފޯމޭޝަނަށް ބަދަލެއް ގެންނާނެކަމަކަށް ނުބެލެވެއެވެ.

މިރޭގެ މެޗުގެ ކުރިން ފްރާންސް ޓީމުގެ ބައެއް ކުޅުންތެރިންނަށް ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިރޭގެ މެޗަށް އެ ކުޅުންތެރިން ވެސް ފިޓްވާނެކަމަށް ބެލެވެއެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 2-1 ގެ ނަތީޖާއިން ފްރާންސް މޮޅުވުމެވެ.

ފްރާންސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

މާޓިނޭޒް، މޮލީނާ، ރޮމޭރޯ، އޮޓަމެންޑީ، އަކޫނާ، ޑި ޕައުލް، ފެނާންޑޭޒް، މެކް އެލިސްޓާ، ޑި މަރިއާ، މެސީ، އަލްވަރޭޒް

ފްރާންސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ލޮރިސް، ކުންޑޭ، ވެރޭން، އުޕަމެކާނޯ، ހެނާންޑޭޒް، ޗުއަމެނީ، ރެބިއޯ، ޑެމްބެލޭ، ގްރީޒްމަން، އެމްބާޕޭ، ޖިރޫ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް