ބާބެޑޯސްއަށް އުފަން މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ރޮބީން ފެންޓީ (ރިހާނާ) ގެ ދަރިފުޅު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.
ރިހާނާއަށް ނަހަލާލަށް ފިރިހެން ދަރިއަކު ލިބުނީ މިއަހަރުގެ މެއި 13 ވަނަ ދުވަހު އެވެ. އޭނާގެ ލޯބިވެރިޔަކީ އެމެރިކާގެ މަޝްހޫރު ރެޕާ ރޮކީ އެވެ.
ރިހާނާ ދަރިފުޅު ފުރަތަމަ ދައްކާލާފައިވަނީ ޓިކްޓޮކްގައި އާންމު ކުރި ވީޑިއޯއެއްގައި އެވެ. އެ ވީޑިއޯގައި ފެންނަނީ ވަރަށް ރީތިކޮށް ހީލަމުން އެއްޗެއްގައި އަތްލާން މަސައްކަތް ކުރާތަނެވެ. އެ ވީޑިއޯ ނަގާފައިވަނީ ކާރެއްގެ ތެރޭގައި އެވެ.
މި ވީޑިއޯ އާންމު ކުރުމުން އޭނާގެ ސަޕޯޓަރުން ދަނީ ރިހާނާ ކުޑައިރުގެ ފޮޓޯތަކާއި ގުޅުވައި އޭނާ ކުޑައިރު ދަރިފުޅާއި ސިފަ އެއްގޮތްކަން ބުނެދެމުންނެވެ.
https://www.tiktok.com/@rihanna/video/7178123165229419818?is_copy_url=1&is_from_webapp=v1&lang=en
މިއީ ރިހާނާ އޭނާގެ ދަރިފުޅު ދައްކާލި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ފޭން ޕޭޖަކުން ވަނީ ވަގަށް އެމީހުން ދަރިފުޅު ގޮވައިގެން އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމު ކޮށްފައި އެވެ.
ރިހާނާއަކީ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން މިހާރު ބިލިއަނަރެކެވެ. އެކަން ހާމަކޮށް ފޯބްސް އިން މިދިޔަ އަހަރު ބުނީ ބިލިއަނަރެއްގެ އިތުރުން ރިހާނާ އަކީ އެންމެ މުއްސަނދި އަންހެން މިއުޒިކް ކުޅުންތެރިޔާ ކަމަށެވެ.
ރިހާނާގެ މިލްކިއްޔާތު 1.7 ބިލިއަނަށް އަރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް