ފެމިލީ ކޯޓުން މިއަދު ބުނީ މިއަދުން ފެށިގެން ރިސެސްއަށް ދާން ނިންމައިފި އެވެ.
އެ ކޯޓުން ބުނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
އަދި ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެ ކަމަށް ފެމިލީކޯޓުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.
މީގެ އިތުރުން ރިސެސްގެ މުއްދަތުގެ ތެރޭގައި، ކޯޓުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޤަވާޢިދުތައް މުރާޖަޢާކުރުމާއި، ގާޟީންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް