އަށް ގަޑިއިރުގެ ނިދި ކޮންމެހެން މުހިންމުތަ؟

އަށް ގަޑި އިރުގެ ނިދި މުހިންމު ވާހަކައަކީ އަބަދު އިވޭ އެއްޗެކެވެ. ކއެހެންނަމަވެސް އެކި މީހުންނަށް ނިދި ބޭނުންވާނީ އެކި މިންވަރަށްކަމީވެސް އިނގޭ ވާހަކައެކެވެ. ބައެއް މީހުންނަށް ހަތް ގަޑިއިރުގެ ނިންޖާއެ...

18 Dec 2022 | 02:26

އަށް ގަޑި އިރުގެ ނިދި މުހިންމު ވާހަކައަކީ އަބަދު އިވޭ އެއްޗެކެވެ. ކއެހެންނަމަވެސް އެކި މީހުންނަށް ނިދި ބޭނުންވާނީ އެކި މިންވަރަށްކަމީވެސް އިނގޭ ވާހަކައެކެވެ.

ބައެއް މީހުންނަށް ހަތް ގަޑިއިރުގެ ނިންޖާއެކު ދުވަސް ހޭދަކޮށްލެވޭއިރު އަނެއް ބަޔަކަށް އެންމެ ފަސް ގަޑިއިރުވެސް ފުދެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ނިދި ލިބުމަކީ މުހިއްމުކަމެކެވެ.  އެއާއި ޙިލާފަށް ނިދި ނުލިބުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުމަށް މެދުވެރިވާ ސަބަބެކެވެ.

ނިދި ބޭނުންވާ މިންވަރަށް މައިގަނޑު ގޮތެއްގައި އަސަރުކުރަނީ ހަށިގަނޑުގައި ލައްވާފައިވާ ނިޒާމުތަކުގައި ހުންނަ ކަންތައްތަކެއްގެ ސަބަބުންނާއި ދިރިއުޅޭ މާހައުލުގެ ސަބަބުންންނެވެ. މިކަންކަމަކީ ކޮންމެ މީހަކުވެސް އެކަކު އަނެކަކާއި ތަފާތުވާނެ ކަންކަމެވެ.

އެގޮތުން އުމުރު އަދި ބަލިތައްފަދަ ބަދަލު ނުކުރެވޭ ކަންކަމުގެ ސަބަބުން ނިދި ބޭނުންވާ މިންވަރަށް ބަދަލުއާދެއެވެ. މިގޮތުން އުމުރާއި ގުޅިގެން އެކި މީހުންނަށް ނިދި ބޭނުންވާ މިންވަރު ތަފާތުވެއެވެ. ކުޑަކުދިންނަށް އާންމުކޮށް އަށް ގަޑި އިރާއި 10 ގަޑިއިރުގެ ނިދި ބޭނުންވާއިރު ބޮޑެތި މީހުންނަށް ބޭނުންވަނީ 7-8 ގަޑި އިރުގެ ނިންޖެވެ.

މީގެ އިތުރުން ނިދާތަނުގެ ފެންވަރު ހުންނަގޮތް ކަހަލަ މާހައުލީ ކަންކަމުންވެސް ނިދި ބޭނުންވާ ވަރަށް ބަދަލު އާދެއެވެ. މިސާލަކަށް އަރާމުކޮށް ނިދާލެވޭ ފަސް ގަޑިއިރުގެ ތެރޭގައި ކޮލިޓީ ތިން ސްލީޕް ސައިކަލް ހަމަވާ މީހުންނަށް އަށް ގަޑިއިރުގެ ނިދީގެ ބޭނުމެއް ނުހުންނާނެތާއެވެ.

24 ގަޑިއިރުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑަށް ބޭނުންވާކަމުގައި ދިރާސާތަކުން ދައްކަނީ ހަތަރެއް ނުވަތަ ހަ ސްލީޕް ސައިކަލެވެ. ނިދުމުގެ ތެރޭގައި އެވްރެޖް ސައިކަލެއްގެ ދިގުމިނަކީ އެއް ގަޑިއިރާއި 30 މިނެޓެވެ.

އެކަމަކު ސައިންސްވެރިންގެ ދިރާސާތަކުން ނިދީގެ ސައިކަލްގެ ދިގުމިންވެސް އެކި މީހުންގެ ތަފާތުވާކަން ފާހަގަ ކުރެވިފައިވެއެވެ. އެއީ 70 އާއި 110 މިނެޓާއި ދެމެދުގެ ސައިކަލްތަކެވެ. އެގޮތުން ބައެއް މީހުންނަށް 90 މިނެޓް ވާއިރު އަނެއް ބަޔަކަށް އެއްށްވުރެ މަދު ނޫނީ ގިނަ ވަގުތު ހޭދަވާކަމަށް ބެލެވެއެވެ.

އެހެންކަމުން ކޮންމެމީހަކަށް އަށް ގަޑިއިރުގެ ނިދި މުހިއްމެއް ނުވާނެއެވެ.

އަށް ގަޑިއިރުގެ ނިދި ކޮންމެ މީހަކަށް މުހިންމު ނުވާނެ އެތައް ސަބަބުތަކެއްވެއެވެ. އެހެންކަމުން ވަރުބަލި ކަމެއްނެތި ދުވަސް ހޭދަކޮށްލުމަށް ތިމާގެ ނަފްސަށް ބޭނުންވާނީ ކިތައް ގަޑިއިރުގެ ނިދިތޯ އަމިއްލައަށް ކަނޑައަޅާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް