ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު، އޭނާ ވާހަކަ ދައްކާއިރު ސިކުނޑީގެ ބޭނުން ނުކުރާ ކަމަށް ބުނެފި އެވެ.
ސޯނަމް މިހެން ބުނެފައިވަނީ އޭނާ އެކްޓްކުރާ އާ ފިލްމް "ނީރްޖާ" ގެ ޓްރައިލާ ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުންނެވެ.
ސޯނަމް ކަޕޫރަކީ ބޮލީވުޑް ތަރިންގެ ތެރެއިން އޭނާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން އާންމުންގެ ފާޑުކިޔުންތައް ގިނަ ފަހަރަށް އަމާޒުވާ ތަރިއެކެވެ.
"އަހަރެންގެ މައްސަލައަކީ އަހަރެން މަސައްކަތް ކުރަނީވެސް ހިތުން ވާހަކަ ދައްކަނީވެސް ހިތުގެ ބޭނުންކޮށްގެން ސިކުނޑީގެ ބޭނުމެއް ނުކުރަން، އަހަރެން ގުޅުން ބަދަހި ކުރަނީވެސް ހިތުން" އެ ހަފްލާގައި ސޯނަމް ބުންޏެވެ.
ފިލްމު "ނީރްޖާ" ގެ ޝޫޓިން ފެށިގެން ކުރިއަށްދާއިރު މި ފިލްމަކީ ފްލައިޓެއްގައި މަސައްކަތްކުރާ އެޓެންޑެންޓަކު އެ ފްލައިޓްގެ ކުރޫން ސަލާމަތްކުރަން ކުރާ މަސައްކަތް ދައްކުވައިދޭ ބަޔޮގްރަފީ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް