ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުޑަކުދިންނަށް ދިރާގުން ސަބްމެރީން ދަތުރެއް ދީފި އެވެ.
ބޮޑު ބަންދާއި ދިމާކޮށް އެ ކުދީންނަށް ސަބްމެރީން ދަތުރު ދީފައިވަނީ އިއްޔެ ހެނދުނު އެވެ.
ދިރާގުން ބުނީ އެ ފުރުސަތު އެ ކުދިންނަށް ދިނީ އާއްމު ގޮތެއްގައި ސްކޫލްތައް ބަންދުވެ ކުޑަކުދިން އާއިލާއާ އެކީ ރަށްރަށަށާއި ގައުމު ތަކަށް ދަތުރުކުރާ ދުވަސްތަކެއްގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދުންނަށް ބަންދުގައި އާ ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މި ދަތުރުގައި، ދިރާގާއި ކުޑަކުދިންގް ހިޔާގެ ބައެއް މުއައްޒަފުންނާއި އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ދިރާގުން ބުނީ ކަނޑުއަޑީގެ ތަފާތު މަންޒަރުތަކާއި ތަފާތު އެތަކެއް މަސްފަދަ ތަކެތި ކަނޑުއަޑިން ފެނުމުން، އެކުދިން ތިބީ ވަރަށް ހިތްހަމަޖެހި އުފާވެފާކަމަށާއި ބަންދައްފަހު ކުދިން ސްކޫލަށް އަލުން ދާއިރު ބަންދުގައި ކުރެވުނު ތަޖުރިބާތައް ރަހުމަތްތެރިންނާއި އެކީ މާޝްވަރާ ކުރުމަކީ ކުދިންނަށް ލިބޭ ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.
ކުޑަކުދިންގެ ހިޔާގައި 2008 އިން ފެށިގެން ދިރާގުން ދަނީ ޓީޗަރުން ސްޕޮންސާ ކޮށް ޕޭރަންޓަލް ކޮންޓްރޯލާއެކީ ކުދިންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ. 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ކޮމްޕިޔުޓަރު ލެބަކާއި ލައިބްރަރީއެއްވެސް ގާއިމް ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް