ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުން ފަސްކޮށްފި

މާލެއާ ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ އަމަލީ މަސައްކަތް ފެށުން ފަސްކޮށްފި އެވެ. އެ މަސައްކަތް ފަށާނެ ކަމަށް ކުރިން އިއުލާނު ކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަ އެވެ. ނަމަވެސް ހައުސިން މިނި...

18 Dec 2015 | 05:05

މާލެއާ ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ އަމަލީ މަސައްކަތް ފެށުން ފަސްކޮށްފި އެވެ.

އެ މަސައްކަތް ފަށާނެ ކަމަށް ކުރިން އިއުލާނު ކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަ އެވެ. ނަމަވެސް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަސް ކަމަށެވެ.

އެ ރަސްމިއްޔާތު ފަސް ކުރިކަން އިއުލާނު ކުރި ނަމަވެސް އެގޮތަށް ނިންމީ ކީއްވެކަން ހާމަކުރައްވާފައެއް ނުވެ އެވެ.

1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް