N/A
މިރޭ މާލޭގައި 18 އަހަރުގެ އަންހެނަކު ރަހީނުކޮށް ޖިސްމާނީ
އަނިޔާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނެފައިވަނީ
މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން
ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ މައްސަލަ މިރޭ 06:11 ހާއިރު ފުލުހުންނަށް
ރިޕޯޓުކޮށްފައިވާކަމަށެވެ.
"މި މައްސަލަ މިދަނީ ތަޙުޤީޤު ކުރަމުން"
ފުލުހުން ބުނެފައިވެއެވެ.
މައްސަލައާއި ގުޅޭ އިތުރު ތަފުސީލެއް އަދި ހިއްސާކޮށްފައެއް
ނުވެއެވެ.
މިފަދަ ކަމެއް މިރޭ ހިނގާފައިވާއިރު އާދީއްތަ
ދުވަހު މާލޭގައި 24 އަހަރުގެ އަންހެނަކު ރޭޕުކުރި މައްސަލައެއްވެސް ފުލުހުން
އަންނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް