އައުރަ ނިވާކުރަން ޖެހޭނީ ހަމައެކަނި އަންހެނުންނެއް ނޫން: ޝައިޚް އާޒިމް

އައުރަ ނިވާކުރުމަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫންކަމަށާއި އެއީ އަންހެނުންނަށް ވެސް އަދި ފިރިހެނުންނަށް ވެސް ކުރުމަށް އަމުރުވެވިގެންވާ ކަމެއްކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާޒިމް ޚާލިދު ވިދާޅުވ...

18 Nov 2024 | 15:46

އައުރަ ނިވާކުރުމަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫންކަމަށާއި އެއީ އަންހެނުންނަށް ވެސް އަދި ފިރިހެނުންނަށް ވެސް ކުރުމަށް އަމުރުވެވިގެންވާ ކަމެއްކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާޒިމް ޚާލިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މި ވީޑިއޯގައި ޝައިޚް ވިދާޅުވީ އަންހެނުން ވެސް އަދި ފިރިހެނުންވެސް އައުރައަށް ރައްކާތެރިވާން ޖެހޭނެކަމަށެވެ. ޝައިޚް ވިދާޅުވީ ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 30 ވަނަ އާޔަތުގައި ވެސް އަދި 31 ވަނަ އާޔަތުގައި ވެސް މާތް ﷲ ވަނީ މުއުމިން ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް ވެސް އައުރަ ނިވާކުރުމަށް އަމުރު ކުރައްވާފައި ކަމަށެވެ.

ގުރުއާނުގެ މި އާޔަތްކުގެ ސަރަހާގައި ޝައިޚް ވިދާޅުވީ ނޫރު ސޫރަތުގެ 30 ވަނަ އާޔަތުގައި މުއުމިނު ފިރިހެނުންނަށް އެ ބައިމީހުންގެ ބެލުންތައް ތިރުކުރުމަށާއި އައުރައަށް ރައްކާތެރި ވުމަށް އަމުރުކުރެއްވުމަށް ގޮވާލުމަށާއި އަދ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކޮށް އައުރައަށް ރައްކާތެރިވުމަށް އަމުރުކުރުމަށް މާތް ނަބިއްޔާއަށް އިރުޝާދުދެއްވާފައިވެއެވެ.

ކަން މިހެން ހުރިއިރު، އެނގިގެން ދަނީ މިއީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް