ރައީސް މމުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު ހަލީލް އިކޮނަމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި

ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އިކޮނަމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި އެވެ. އިކޮނޮމިކް ކައުންސިލަށް ހަލީލު އައްޔަން ކުރައްވާފައިމިވަނީ ރައީސް މިހެން ވިދާޅު...

18 Nov 2024 | 15:26

ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އިކޮނަމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި އެވެ.

އިކޮނޮމިކް ކައުންސިލަށް ހަލީލު އައްޔަން ކުރައްވާފައިމިވަނީ ރައީސް މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިންތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ކުންފުނިތަކުގެ ތެރޭގައި ހަލީލު މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވާ ޕަލްސް ކުންފުނި ވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި ޓޫރިޒަމް ވިޔަފާރިތަކުން 500 ޑޮލަރު އެމްއެމްއޭ އަށް މާރުކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ މިކަން އިތުރަށް ތަންފީޒު ކުރަން އެމްއެމްއޭ އަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް މެދުވެރިކޮށް ފާސްކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް