މިރޭގެ މޫސުމަށް ބަލައިލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވާނެއެވެ.
މެޓުން މިއަދު ބުނެފައިވަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށިފައިވާއިރު މިހާރު ކުރަމުންމިދާ ވިއްސާރަ އިތުރު ތިން ދުވަހަށް ދެމިގެންހގޮސްދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް