ބޭންކަށް ޑޮލަރު މާރުކުރަން އެންގުމަކީ ޤާނޫނެއް ހަދައިގެން ވިޔަސް ކުރަން ޖެހޭކަމެއް: އިބުރާ

ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރު ކުރުމަށް، ރިސޯޓް ތަކަށް ވަންނަ ޑޮލަރުން ބައެއް ރާއްޖޭގެ ބޭންކަށް މާރުކުރުމަށް އަދުގެ ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގާނޫނީ ވަކީލު އިބްރ...

18 Nov 2024 | 06:54

ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރު ކުރުމަށް، ރިސޯޓް ތަކަށް ވަންނަ ޑޮލަރުން ބައެއް ރާއްޖޭގެ ބޭންކަށް މާރުކުރުމަށް އަދުގެ ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގާނޫނީ ވަކީލު އިބްރާޙީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ، އޭނާ އަކީ ރައީސް ޑރ މުހައްމަދު މުޢިއްޒާއި ދެކޮޅު ނުވަތަ އެއްކޮޅު ބޭފުޅެއްވެސް ނޫން ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން އޭނާ ހިތްހަމަ ނުޖެހޭ ކަންތައްތަކާއި ރަނގަޅު ކަންތައްތައްވެސް ކުރަމުންދާ ކަމަށެވެ.

"މުޢިއްޒަކާ ދެކޮޅެއްވެސް ނޫން. އެއްކޮޅެއްވެސް ނޫން މުޢިއްޒު ސަރުކާރުން މަ ހިތްހަމަ ނުޖެހޭ ކަންތައްތައް އެބަ ކުރޭ. ރަނގަޅު ކަންތައްތައްވެސް އެބަ ކުރޭ ބެންކަށް ޑޮލަރު މާރުކުރަން އެންގުމަކީ ރަނގަޅުކަމެއް. އެއީ ޤާނޫނު ތަންފީޛު ކުރުން ޤާނޫނު ނެތިއްޔާ ހަދައިގެންވެސް ކުރަންވީކަމެއް." އިބުރާ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އިބްރާގެ އެ ވާހަކައާއި ގުޅިގެން، ދައުލަތުން ބުނާވަރަށް ޑޮލަރު މާރުކުރުމުން، ދައުލަތުން ދޭ ދިވެހި ރުފިޔާއިން ރިސޯޓް އޯނަރުން ކުރާނީ ކީއްތޯއާއި، ސަޕްލަޔަރުންނަށް ޓީޓީ ހެދޭނެތޯ އާއި މުވައްޒަފުންނަށް މުސާރަ ދެވޭނެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެމުން އިބުރާ ބުނީ، ބެންކަށް ޑޮލަރު މާރުކުރުމުން ޓީ.ޓީ ހަދަން ބެންކަށް ދައްކާނީ ރުފިޔާ ކަމަށެވެ.

‏އަދި، މުސާރަދިނުމަށް ބެންކުން ޑޮލަރު ގަންނާނީ ކަމަށާ، އޭގެ ސަބަބުން ވިޔަފާރިއަށްވާނީ ފަސޭހަ ކަމަށް އިބުރާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން، ޑޮލަރުން އާމްދަނީ ނުލިބޭ މީހުނަށްވެސް ވިޔަފާރި ކުރެވޭނެ ކަމަށާ، ކާޑުން ވިޔަފާރިކުރަން ޑޮލަރު ލިމިޓެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ޑޮލަރު މާރުކުރުމަށް އެމްއެމްއޭއިން މިފަހުން އެކުލަވާލި އައު އުސޫލް ބަދަލުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މީގެ ތެރޭގައި ޗަމްޕާ މުހައްމަދު މޫސާ އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް