ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއެކު މި އައި ވިއްސާރަ 3 ދުވަހަށް ދެމިގެންގޮސްދާނެ: މެޓް

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރަ ކުރިއަށް އޮތް 3 ދުވަހަށް ދެމިގެންގޮސްދާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު މޫސުމާ...

18 Nov 2024 | 06:12

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރަ ކުރިއަށް އޮތް 3 ދުވަހަށް ދެމިގެންގޮސްދާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު މޫސުމާއިބެހޭ ޚަބަރުގައެވެ.

މޫސުމާއިބެހޭ އެ ޚަބަރުގައި މެޓުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާކަމަށެވެ.

"އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވުނީ އައްޑޫ ސިޓީގެ ހިތަދުއަށް 110 މިލިމީޓަރުގެ ވާރޭ، މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެ ސަރަހައްދަށް ކޮށް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވޭ" މެޓުން ބުނެފައިވެއެވެ.

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް