އޭޝިއާގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް

އޭޝިއާގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަށް ލިބިއްޖެ އެވެ. ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް މި އެވޯޑް ލިބުނީ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް...

18 Nov 2024 | 04:05

އޭޝިއާގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަށް ލިބިއްޖެ އެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް މި އެވޯޑް ލިބުނީ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024" އިންނެވެ. މިއީ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ.

މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ދެވަނަ ފަހަރެވެ. މި އެވޯޑު ކުރީ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި ހަސަން މުގުނީއަށް ވެސް ލިބިފައިވެ އެވެ.

ފަހުމީ އަށް މި އެވޯޑް ލިބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެންނެވެ.

މި އެވޯޑުގެ އިތުރުން "އިންޑަސްޓްރީ ޗެމްޕިއަން އޮފް ދަ އިޔާ"ގެ އެވޯޑު ސްޓެލްކޯ އަށް ވަނީ ލިބިފަ އެވެ.

ފަހުމީ އެންމެ ފުރަތަމަ ސްޓެލްކޯއާއި ގުޅިވަޑައިގަތީ 1998 ވަނަ އަހަރު އެވެ. އެކުންފުނީގައި އޭނާ އެންމެ ފުރަތަަމަ އަދާކުރެއްވި ވަޒީފާއަކީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ވަޒީފާ އެވެ.

ފަހުމީ ވަނީ އީސްޓް ލަންޑަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ. ހަމައެއާއެކު ޔުނިވާސިޓީ އޮފް އަބާޑީންއިން އެކައުންޓިންއިން މާސްޓާސްވަނީ ހާސިލްކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް