އައު ސަރުކާރުގެ ވުޒާރާތަކަށް ދިވެހި ބަހުން ކިޔާނެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
އެގޮތުން ނަންތައް ހަމަޖައްސާފައިވަނީ ތިރީގައިވާ ގޮތަށެވެ.
މިނިސްޓްރީ އޮފް ޑިފެންސް – ދިފާޢީ ވުޒާރާ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް – ޚާރިޖީ ވުޒާރާ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖޮޖީ - ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ފިނޭންސް – މާލީ ވުޒާރާ
މިނިސްޓްރީ އޮފް އެޑިއުކޭޝަން – ތަޢުލީމީ ވުޒާރާ
މިނިސްޓްރީ އޮފް ހެލްތް – ޞިއްޙީ ވުޒާރާ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ
އެޓަރނީ ޖެނެރަލްގެ އޮފީސް – ބަންޑާރަ ނައިބުގެ އޮފީސް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް – އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު
މިނިސްޓްރީ އޮފް ޓޫރިޒަމް – ފަތުރުވެރިކަމާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން – ކުޅުވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ – މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް – ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން – ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް – ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ - އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ – ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް – ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
ސަރުކާރުގެ ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތައް ނިންމާފައިވާއިރު މި ސަރުކާރުން ވަނީ ދިވެހި ބަހަށް ހާއްސަ ވުޒާރާއެއް އުފައްދައި އެ ވުޒާރާއަށް ވަޒީރަކު އައްޔަން ކޮށްފައެވެ.
އެގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރަކަށް އައްޔަންކޮށްފައިވަނީ އާދަމް ނަސީރު އިބްރާހިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް