ސިފައިން އަނބުރާ ގެންދިއުމަށް ރައީސް މުއިއްޒު އިންޑިއާ ކުރެން އެދިވަޑައިގެންފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި މިކަމަށް އެދިވަޑައި...

18 Nov 2023 | 13:18

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ މުއިއްޒު މިކަމަށް އެދިވަޑައިގެންފައިވާއިރު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް މުއިއްޒުގެ ވައުދުފެޅެކެވެ. އަދި ފުރަތަމަ 100 ދުވަހުގެ މަގުޗާޓުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނާފައިވާކަމަކީވެސް އެއީއެވެ. އަދި އެކަމަކީ ހުވާކުރައްވުމަށްފަހު އެންމެ ފުރަތަމަ ދުވަހު އެކަމުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވެފައިވާ މުހިންމު ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް