ދަތުރުގޮސް އުޅުނު ޒުވާނަކަށް ކުއްލި މަރެއް

އައްޑޫ ސިޓީ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ. މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނިޔާވެފައިވަނީ އައޑޫ ސިޓީ ހިތަދުއަށް އުފަން އަހްމަދު މުހައްމަދު ނަމަކަށްކިޔާ އުމުރުން 28 އ...

18 Nov 2023 | 11:17

އައްޑޫ ސިޓީ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.

މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނިޔާވެފައިވަނީ އައޑޫ ސިޓީ ހިތަދުއަށް އުފަން އަހްމަދު މުހައްމަދު ނަމަކަށްކިޔާ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ އެއްރުށްހެރާއަށް ދަތުރުކޮށް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ މަރުކަޒުން މައުލޫމާތުދިން ކަމަށެވެ.

"ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވަކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ފުލުހުންނަށް ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މިހާރުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނިޔާވި ޒުވާނާ ދަތުރުދިޔައީ ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން ހިމެނޭ ގްރޫޕަކާއެކު އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެމީހުންނާއެކު އުޅުމުގެ ތެރޭގައި އެ ޒުވާނާ މިއަދު ދެ ފަހަރަކަށް ބިންމައްޗަށް ވެއްޓުނެވެ. ފުރަތަމަ ފަހަރު ބިންމައްޗަށް ވެއްޓުމުން ފެނާއި ޖޫސް ދިނުމުން ރަނގަޅުވިކަމަށާއި ނިޔާވީ ދެވަނަ ފަހަރަށް ވެއްޓުނު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް