ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮރިން ރިލޭޝަންސްގެ ދާއިރާއިން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް މުހައްމަދު ނަސީރު އައްޔަން ކުރައްވައިފިއެވެ.
މުހައްމަދު ނަސީރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ނަސީރަކީ ޑރ. ވަހީދުގެ ސަރުކާރުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު ކަމާއި ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް