ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް އިބްރާހީމް ލަޠީފް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އިބްރާހިމް ލަތީފް އައްޔަން ކުރައްވައިފިއެވެ. އިބްރާހިމް ލަތީފް އެ ...

18 Nov 2023 | 07:39

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އިބްރާހިމް ލަތީފް އައްޔަން ކުރައްވައިފިއެވެ.

އިބްރާހިމް ލަތީފް އެ މަގާމަށް އައްޔަންކޮށްފައިވަނީ  ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިބްރާހިމް ލަތީފަކީ ކުރިން ސިފައިންގެ ތެރޭގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ފަރާތެކެވެ. 1986ގައި ލާންސް ކޯޕްރަލެއްގެ ގޮތުގައި ސިފައިންގެ ހިދުމަތާއި ގުޅުނު އިބްރާހިމް ލަތީފް އެންމެ ފަހުން އަދާކުރެއްވީ ދިވެހި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމެވެ.

ހިދުމަތުން ރިޓަޔަރ ކުރެއްވީ 2017 ވަނަ އަހަރުގައެވެ. އެއަށްފަހު އިއްޔެއާއި ހަމައަށް ލަތީފް ހުންނެވީ ވެސްޓާން އޮސްޓްރޭލިއާ ޕޮލިސްގެ ސީނިއާ އެޑްވައިޒަރެއްގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް