ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ ދާއިރާއިން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އިބްރާހިމް ހަލީލް އައްޔަން ކުރައްވައިފިއެވެ.
އިބްރާހިމް ހަލީލް އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އިބްރާހިމް ހަލީލް އަކީ މީޑިއާ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ސަހުސިއްޔަތެކެވެ. އެންމެ ފަހުން ހުންނެވީ ސަން މީޑިއާ ގްރޫޕް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވެ. އަދި އޭގެ ކުރިން ވީ މީޑިއާ ހިންގުމާއިވެސް ހަވާލުވެވަޑައިގެން ހުންނެވިއެވެ. އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް