ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އާދަމް ރަމީޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އާދަމް ރަމީޒް އައްޔަން ކުރައްވައިފިއެވެ. އާދަމް ރަމީޒް އެ މަގާމަށް އައްޔަންކޮށްފައިވަނީ  ރައީސް އޮފީހުގެ ބައ...

18 Nov 2023 | 06:45

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އާދަމް ރަމީޒް އައްޔަން ކުރައްވައިފިއެވެ.

އާދަމް ރަމީޒް އެ މަގާމަށް އައްޔަންކޮށްފައިވަނީ  ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އާދަމް ރަމީޒް މީގެ ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައެވެ. ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި ނާސިރު ސިޓީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވިއިރު އާދަމް ރަމީޒަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޑރ. މުހައްމަދު މުއިއްޒާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް