ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ އައު ސަރުކާރުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމަށް އަލީ އާރިފް އައްޔަން ކުރައްވައިފިއެވެ.
އަލީ އާރިފް އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އަލީ އާރިފް އެ މަގާމަށް އައްޔަންކުރައްވާފައިވާއިރު އަލީ އާރިފަކީ ސިޔާސީ ދާއިރާގައި އަބަދުވެސް އެކްޓިވްކޮށް ހަރަކާތްތެރިވަމުންދިޔަ ފަރާތެކެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައި މުއިއްޒުގެ ކެމްޕޭނުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
އަލީ އާރިފަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ މެމްބަރެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް