ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުގައި ރާ ވިއްކުން މަނާކަމުގައި ނިންމައިފި

ފީފާ ވޯލްޑްކަޕް ގަތަރު 2022، މުބާރާތް ކުރިއަށްދާ ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުގައި ރާ ވިއްކުން މަނާކަމުގައި ކަނޑައަޅައި އެކަން އިއުލާނުކޮށްފިއެވެ. މިކަން އިއުލާނުކުރަމުން ފީފާއިން ނެރެފައިވާ ބަޔާނެ...

18 Nov 2022 | 15:16

ފީފާ ވޯލްޑްކަޕް ގަތަރު 2022، މުބާރާތް ކުރިއަށްދާ ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުގައި ރާ ވިއްކުން މަނާކަމުގައި ކަނޑައަޅައި އެކަން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނުކުރަމުން ފީފާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަމުގައި ނިންމުމަކަށް އާދެވިފައިމިވަނީ މުބާރާތް ހޯސްޓްކުރާ ގައުމުކަމުގައިވާ ގަތަރާއެކު ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަމަށެވެ.

ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުތަކުގައި ރާ ވިއްކުން މަނާކަމުގައި ކަނޑައެޅިނަމަވެސް ފީފާ ފޭން ފެސްޓިވަލުން ރާ ލިބޭނެ ކަމަށާއި އަދި ލައިސަންސް ދޫކޮށްފައި ހުންނަ ތަންތަނުން ރާ ލިބޭނެކަމުގައިވެސް ފީފާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރާ ނުހިމެނޭ ބިޔަރު ސްޓޭޑިއަމް ސަރަހައްދުގައި ވިއްކުމުގައި މައްސަލައެއްނެތްކަމުގައިވެސް ފީފާގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް