ޖާންވީ ކޮޓަރީގެ ފާހާނާގައި އަދިވެސް ތަޅެއް ނުހުރޭ!

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުގެ ކޮޓަރީގެ ފާހާނާގައި އަދިވެސް ތަޅެއް ނުހުންނާނެ ކަމަށް ބުނެފި އެވެ. ޖާންވީ އަކީ ކުރީގެ ސުޕާ ސްޓާ ސްރީދޭވީ އާއި ޑައިރެކްޓަރު ބޯނީ ކަޕޫރުގެ ދަރިއެކ...

18 Nov 2022 | 11:31

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުގެ ކޮޓަރީގެ ފާހާނާގައި އަދިވެސް ތަޅެއް ނުހުންނާނެ ކަމަށް ބުނެފި އެވެ.

ޖާންވީ އަކީ ކުރީގެ ސުޕާ ސްޓާ ސްރީދޭވީ އާއި ޑައިރެކްޓަރު ބޯނީ ކަޕޫރުގެ ދަރިއެކެވެ. ސްރީދޭވީ މަރުވީ 2018 ވަނަ އަހަރު ޔޫއޭއީގައި ކުއްލިގޮތަކަށެވެ.

މިފަހުން ޖާންވީ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ވަނީ މަންމަ ސްރީދޭވީގެ މަތިން އަދިވެސް ހަނދާން ކުރާ ކަމަށާއި މަންމަ ގޭގައި ގެންގުޅު އާދަކާދަތައް އަދިވެސް ހިފަހައްޓާކަމަށް ބުނެފައި އެވެ. ޖާންވީ ބުނީ އެ ބަންގަލޯއަށް ޒަމާނީ ބަދަލުތަކެއް ގެނެސްފަވީނަމަވެސް މަންމަގެ ބައެއް ޑެކޮރޭޝަންތައް އަދިވެސް އެ ގޮތުގައި ހުންނާނެ ކަމަށެވެ.

އޭނާގެ ވީޑިއޯގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ފާހާނާގައި ހުރި ތަޅެވެ. ޖާންވީ ބުނީ އެއީ އޭނާގެ ކޮޓަރި ކަމަށާއި އެ ފާހާނާގައި އެއް އިރެއްގައިވެސް ތަޅު ނުހުންނާނެ ކަމަށެވެ. އަދި ބުނީ އެއީ މަންމަގެ ނިންމުމެއް ކަމަށާއި އެގޮތަށް ހެދީ ޖާންވީ ކޮޓަރިއަށް ފިރިހެނުން ވައްދަފާނެތީ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ކޮޓަރިއަކީ އެއް އިރެއްގައި ސްރީދޭވީގެ ކޮޓަރިކަމަށްވެސް ޖާންވީ ބުންނެވެ. މަންމަ މަރުވުމުންވެސް އެ ނިންމުން ބަދަލު ކުރަން ބޭނުން ނުވަނީ މަންމަގެ ހަނދާން އާ ކުރުމަށް ކަމަށް ޖާންވީ ބުންޏެވެ.

ޖާންވީގެ ވީޑިއޯއިން ފެންނަގޮތުގައި މުޅި ގެ އޮތީ ކުރެހުންތަކުން ފުރިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް