އުރީދޫ ފުޓްބޯޅަ ފޯރީގެ އޮފިޝަލް ވީޑިއޯ ލަވަ ލޯންޗުކޮށްފިއެވެ.
މި ލަވައަކީ ފީފާ ވޯލްޑްކަޕް ގަތަރު 2022 ގެ އުރީދޫ އޮފިޝަލް ލަވަ ކަމުގައިވާ "އަރްބޯ" ލަވައިގެ މިއުޒިކްގައި ތައްޔާރުކޮށްފައިވާ ދިވެހި ވާސަނެކެވެ.
https://www.youtube.com/watch?v=ShKMwOvQtlY
ފޯރިގަދަ މި ލަވަ ރޭގައި އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފައިވާއިރ އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއްވެސް ތައާރަފްކޮށްފައިވެއެވެ.
އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިން ޕޯޓްފޯލިއޯގައި ހިމެނެނީ:
ވޯލްޑް ކަޕް ޕެކް
ވޯލްޑް ކަޕް ޕެކް އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250ރ އަށް ލިބިވަޑައިގަންނަވާނެއެވެ. އުރީދޫ މޮބައިލް އަދި ސުޕަރނެޓް ކަސްޓަމަރުނަނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކޮށްލެއްވުމުން ފޮނަށް ލިބިވަޑައިގަންނަވާ ކޯޑް އެމް އެސް އެޕްގައި ޖެއްސެވުމުން މޮބައިލް އަދި ސުޕަރނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބައްލަވާލެވޭނެއެވެ.
މިއަދުން ފެށިގެން އުރީދޫ އެޕް http://ore.do/app ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ޤަތަރު ރޯމިންގް ޕެކް
ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވަޑައިގަންނަވަން ނުވަތަ ވޯލްޑް ކަޕް ގެ ދުވަސްވަރުގައި ޤަތަރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙާއްސަ ރޯމިންގް ޕެކް އެކްޓިވޭޓް ކޮށްލުމުން އެންމެ 1000ރ 1ޓީބީ ޑޭޓާ އުރީދޫ ޤަތަރުގެ 4ޖީ އަދި 5ޖި ނެޓްވޯކްގައި ބޭނުންކޮށްލެވޭނެއެވެ. މިއީ ޤަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރުގައިވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބިޥަޑައިގަންނަވާނެ ޑޭޓާ ޕެކެވެ.
18 ނޮވެމްބަރު 2022އިން ފެށިގެން އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ގޯލާރ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް
ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާރ ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ޙާއްސް އިނާމް ތަކެއް ހޯދުމުގެ ފުރުސަތުވެސްވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެއެވެ.ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ ޗާރޖްކުރެވޭނެއެވެ.
ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދައިފާއިވާ 7 ފަރަތާކަށް އިނާމު ތަކުގެ ތެރޭގައި ސީ ގިއަރ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.
ގޯލަރ އޕް ޑައުންލޯޑް ކޮށްލުމަށް: http://ore.do/goalr
އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް
އަގުހުރި އިނާމުތަކާއެކު މި ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވައިގެން ރާއްޖޭގެ 4 ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް އެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައި. މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.
3 ޑިސެމްބަރު 2022 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި ޓޯނަމެންޓް ކުރިއަށްދާނީ:
- މާލެ ސިޓީ ގައި ހުން ވީއާރް ކެފޭ ،
- ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭ
- ފުވައްމުލައް ސިޓީ ގެ ފުވައްމުލައް ސްޓޭޑިއަމް
- އައްޑޫ ސިޓީ ގައި ހުންނަ އިރީދޫ ޝޮޕް
މި މުބާރުތަގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެއެވެ.
ފޭން ޒޯން
އޮފަރތަކާއި ޓޯނަމެންޓްތަކުގެ އިތުރުނ މީޑިއާނެޓް އާއި އަދި ކައުންސިލްތަކާއި އެހެނިހެން ޕަރޓްނަރުންނާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫއިން މިވަނީ ފޭން ޒޯން ތަކެއް ތައްޔާރުކޮށްފައެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޮރީގައި ބަލާލުމުގެ ފުރުސަތު މި ފޭންޒޯންތަކުން ކަސްޓަމަރުންނަށް ފަހި ވެގެންދާނެކަމުގައި އުރީދޫއިން ގަބޫލުކުރެއެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.
އުރީދޫ ފުޓްބޯލް ފޯރީގެ ދަށުން މިއަދު ތައާރަފް ކުރެވުނު އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/footballfoari ޒިޔާރާތްކޮށްލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް