ފުލުހުންގެ އޮޕަރޭޝަނެއްގައި 13 ކިލޯ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި

މާލޭ ދެ ގެއަކުން 13.56 ކިލޯ މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ. މިކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޭގައި ފުލުހުންގެ ކައުންޓަ ނާކޮޓ...

18 Nov 2022 | 08:24

މާލޭ ދެ ގެއަކުން 13.56 ކިލޯ މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފިއެވެ.

މިކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޭގައި ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމުތަކުން ކުރިއަށަގެންދިޔަ އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020 ދިވެހި ރުފިޔާ އަތުލައިގެންފައިވާކަމަށެވެ.

https://twitter.com/M_Hameedh/status/1593517067075915776

މި ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭ ގެސްޓްހައުސްއަކުން ކަމުގައިވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ. އަދި މިފަދަ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް