ނައިބު ރައީސް ފައިސަލް ނަސީމް ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. މި ދަފުުރުފުޅުގައި އެމަނިކުފާނުެ ވަޑައިގެންނަވާނީ ހއ. ގެ އެއް ރަށާއި ހދ. އަތޮޅުގެ ތިން ރަށަކަށެވެ.
އެއީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއަށެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ހޯރަފުށި މަގުހެދުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއާޕޯޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ "އުފަންވެނި" ހުޅުވައިދެއްވަން ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް