ސިފައިންގޭ އިތުރު މީހަކުވެސް މި މަހު ރަހީނުކޮށް ބަރަހަނާކޮށް ފޭރިފައިވޭ !

ސިފައިންގޭ މީހަކު، ރޭގައި ރަހީނުކޮށް ބިރުދައްކާ އަނިޔާކޮށް ފައިސާ ނުލިބުމުން މަގުމައްޗަށް އެއްލާލާފައިވާއިރު މި މަހުގެތެރޭގައި ސިފައިންގޭ އިތުުރު މީހަކު ރަހީނުކޮށް ބަރަހަނާކޮށް ފޭރިފައިވާކަން ދުވަހަށް...

18 Nov 2021 | 16:16

ސިފައިންގޭ މީހަކު، ރޭގައި ރަހީނުކޮށް ބިރުދައްކާ އަނިޔާކޮށް ފައިސާ ނުލިބުމުން މަގުމައްޗަށް އެއްލާލާފައިވާއިރު މި މަހުގެތެރޭގައި ސިފައިންގޭ އިތުުރު މީހަކު ރަހީނުކޮށް ބަރަހަނާކޮށް ފޭރިފައިވާކަން ދުވަހަށް އެނގިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ރަސްމީ ބަހެއްގެ ގޮތުގައި ފުލުހުން ވިދާޅުވީ ވިލިމާލޭގެ ގެސްޓްހައުސްއަކަށް 44 އަހަރުގެ ދިވެހި ފިރިހެނަކު އޮޅުވާލައިގެން ގެންގޮސް ބަރަހަނާކޮށް ވީޑިއޯކޮށް އަނިޔާކޮށް ބިރުދައްކައި ފައިސާ ފޭރިފައިވާކަމުގެ މައްސަލައެއް މިމަހުގެ ހަތްވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މީހަކު ހައްޔަރު ނުކުރި ނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި މި މީހާއަކީވެސް ސިފައިންގެ ބޭކަލެކެވެ. މިމީހާ ދޫކޮށްލީ އޭނާގެ އަތުން ފައިސާވެސް ފޭރުމަށްފަހުގައިކަން ދުވަހަށް އެނގިފައިވެއެވެ. ނަމަވެސް ފޭރުނީ ކިހާ އަދަދެއްގެ ފައިސާކަން އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް