މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ.
މިރޭގެ 20:00 ހާއި ހަމައަށް ނެރެފައިވާ ވައިޓް އެލަރޓުގައި މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނެފައިވަނީ ގަޑިއަކު ގާތްގަނޑަކަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށެވެ.
މިހާރު ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑުތައް ގަދަވެފައި މިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ނެވެ. އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފަ އެވެ.
މެޓް އޮފީހުން މައުލޫމާތުދޭގޮތުގައި އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް މިހަފްތާގައި ކުރާނެ އެވެ.
އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް