ހާރިޖީ ކަންކަމުގައި އެއްބާރުލުން ދިނުމަށް ވިއެޓްނާމާއި އިންޑިއާއިން އެއްބަސްވެއްޖެ

ހާރިޖީ ދާއިރާގައި ދެ ގައުމުން އެއްބާރުލުން ދިނުމަށް އިންޑިއާ އާއި ވިއެޓްނާމާއި ދެމެދު އެއްބަސް ވެއްޖެ އެވެ. ވާޗުއަލްކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި މިކަމަށް އެއްބަސްވެފައިވަނީ އިއްޔެ އެވެ. ރިޕ...

18 Nov 2021 | 09:24

ހާރިޖީ ދާއިރާގައި ދެ ގައުމުން އެއްބާރުލުން ދިނުމަށް އިންޑިއާ އާއި ވިއެޓްނާމާއި ދެމެދު އެއްބަސް ވެއްޖެ އެވެ.

ވާޗުއަލްކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި މިކަމަށް އެއްބަސްވެފައިވަނީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެގައުމަށް އެއްބަސްވުމަކަށް އާދެވަފއިވަނީ11 ބައްދަލުވުން ބާއްވައިގެން ކަމަށްވެ އެވެ.

މި އެބަސްވުމުގެ ދަށުން ބައިނަލް އަގުވާމީ މުޖުތަމައުގައި އިންޑިއާ އާއި ގުޅުން ހުރި ކަންކަމަށް ވިއެޓްނާމުން ތާއީދު ކުރުމުގައި އިންޑިއާގެ ވިސްނުމަށް ބަލައި އެއްބާރުލުން ދޭނެ އެވެ. އަދި ކަނޑުގެ ސަރަހައްދު ބޭނުން ކުރުމާއި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެ އެވެ.

މި އެއްބަސްވުމަކީ2019 ވަނަ އަހަރު އާސިޔާންގެ ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެގުމަށް ބަދަހި ކުރަމުންދާ ގުޅުމަކެވެ. އެ ހުށަހެޅުމުގެ ދަށުން އާސިޔާންގެ ގައުމުތަކާއި އެކު އިންޑިއާއިން އިގްތިސޯދީ ގޮތުންނާއި ކަނޑުގެ ސަރަހައްދުގެ ގުޅުން ވަރުގަދަކޮށް އެއްބާރުން ދިނުމަށް ހުށަހަޅާފައިވެ އެވެ.

މި ހުށަހެޅުމުން ތަނަށް އެ ޖަމިއްޔާގައި ހިމެނޭ ގައުމުތަކުން މަރުހަބާ ކިޔާ ތާއީދުކޮށްފައިވެ އެވެ. އާސިޔާންގެ ގައުމުތަކަކީ، މިޔަންމާ، ބުރޫނާއީ، މެލޭޝިއާ، ސިންގަޕޫރު، ފިލިޕިންސް، ވިއެޓްނާމް އަދި ލާއޯސް އާއި ކެމްބޯޑިއާ އެވެ.

ވިއެޓްނާމާއި އިންޑިއާއިން ވަނީ އެ ބަސްވުމާއި މެދު ހިތްހަމަ ޖެހޭކަން ހާމަކޮށްފަ އެވެ. މި އެއްބަސްވުމަކީ2023 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލި އެއްބަސްވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް