ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންއިން ހަމައެކަނި ލޯބީގެ ފިލްމު އުފެއްދުން ހުއްޓާލަން ނިންމައި އެވެ.
ކަރަން މިކަން އިއުލާނުކޮށް ބުނެފައިވަނީ އެ ކުންފުނިން ދެން އުފައްދާ ފިލްމަކީ އެކްޝަން ފިލްމެއް ކަމަށެވެ. ސިދާތް މަލޯތްރާ ލީޑްރޯލުން ފެނިގެންދާ އެ ކުންފުނީގެ ފުރަތަމަ އެކްޝަން ފިލްމުގެ ނަމަކީ "ޔޯދާ" އެވެ.
މި ފިލްމުގެ ފުރަތަމަ ދައްކާލުން މިހާޜު ވަނީ އާންމުކޮށްފަ އެވެ. ކަރަން ބުނެފައިވަނީ އޭނާ ބޮލީވުޑަށް ތައާރަފު ކުރި ސިދާތްއަށް އެ ޕްރޮޑަކްޝަންގެ ފުރަތަމަ އެކްޝަން ފިލްމުގެ ލީޑް އެކްޓަރުގެ ގޮތުގައި ހަމަޖެހިގެން ދިއުމުން އުފާ ކުރާ ކަމަށެވެ. މި ފިލްމުގެ ލީޑްރޯލުން ދެން ފެނިގެންދާނީ ދިޝާ ޕަޓާނީ އާއި ރާޝި ކަންނާ އެވެ.
މި ފިލްމު އެންމެ ފުރަތަމަ ހުށަހެޅީ ޝާހިދު ކަޕޫރަށެވެ. ފިލްމުގެ މަސައްކަތް ޝާހިދާއި އެކު ފަށަން އުޅޭކަމަށް ބުނެ އަޑު ފެތުރިފައި އޮތުމަށް ފަހު ދެން އިވުނީ ޝާހިދު އެ ފިލްމު ދޫކޮށްލި ވާހަކަ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރުންނަކީ މާޝްހޫރު ޕުޝްކަރް އޮޖްހާ އާއި ސާގަރް އަމްބްރޭ އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.
https://www.instagram.com/p/CWaBBWXoWWs/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް