އާރްޑީސީގެ ސައިޓަށް މީހަކު ވަދެ މުވައްޒަފެއްގެ ބޯ ފަޅާލައިފި

އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ އާރްޑީސީގެ މެއިން ސައިޓަށް މީހަކު ވަދެ އާރްޑީސީގެ މުވައްޒަފެއްގެ ބޯ ފަޅާލައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީ ހިންގާފައިވަނީ މިއަދު...

18 Nov 2021 | 07:50

އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ އާރްޑީސީގެ މެއިން ސައިޓަށް މީހަކު ވަދެ އާރްޑީސީގެ މުވައްޒަފެއްގެ ބޯ ފަޅާލައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

"ސައިޓް ތެރެއަށްވަދެ، ސައިޓުން ދަގަނޑުބުރިއެއް ނަގައިގެން މުވައްޒަފެއްގެ ބޮލުގައި ޖަހާ ބޯ ފަޅާލީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގާފައިވާ މައްސަައެއް މިއަދު 10:07 އެހާކަންހާއިރު ހުށަހަޅާފައިވާކަމަށެވެ.

"މި މާރާމާރީގައި މީހަކަށް އަނިޔާވެފައިވޭ، އަދި އެމީހާއަށް ހޮސްޕިޓަލުން ފަރުވާދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގާ 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)ގެ ކޮއްކޮއެކެވެ.

ހަމަލާ ދިނީ އަޑުބަރޭގެ ކޮއްކޮގެ އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރާކަމަށް ބުނެ ކަމަށްވެސް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ. އަޑުބަރޭގެ ކޮއްކޮގެ އަންހެނުން ވަޒީފާ އަދާކުރަމުން އަންނަނީ އާރްޑީސީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް