އިޤްތިސާދު އާރާސްތު ކުރުމަށް ރާއްޖެ އާއި ލަންކާ ފަދަ ޤައުމުތަކަށް އެހީ ބޭނުންވޭ: ރައީސް

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަނެ، އިޤްތިސާދު އަލުން އާރާސްތު ކުރުމަށްޓަކައި ރާއްޖެއާއި ލަންކާ ފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭ...

18 Nov 2021 | 07:44

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަނެ، އިޤްތިސާދު އަލުން އާރާސްތު ކުރުމަށްޓަކައި ރާއްޖެއާއި ލަންކާ ފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާ ކަމުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ލަންކާގެ ނޫހެއް ކަމުގައިވާ "ޑެއިލީ މިރަރ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާ ވެފައިވަނީ ޓުއަރިޒަމް ދާއިރާ ކަމަށްވާއިރު، ކޮވިޑްގެ ހާލަތާއި ދުނިޔެ ކުރިމަތި ލުމަށްފަހު މިހާރު ރާއްޖޭގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

ނަމަވެސް ކޮވިޑްގެ ހާލަތުގެ ކުރީގައި އިޤްތިޞާދު ހިފެހެއްޓިފައިވާ މިންވަރަށް ރުޖޫޢަ ވާނަމަ އަދިވެސް ނުހަނު ދިގު ރާސްތާއެއް ކަޑައްތު ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ރާއްޖެ އާއި ސްރީލަންކާ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ރާއްޖޭގެ އިޤްތިޞާދު އޭގެ މައްޗައް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ. ނަމަވެސް ތަޖުރިބާ ކާރުން ލަފާ ކުރާ ގޮތުގައި ކޮވިޑްގެ ހާލަތަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް