ޝޯންއާ ކަމިލާގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސް ބެސްޓު ފްރެންޑުންނަށް!

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ކަމަށްވާ ޝޯން މެންޑޮޒް އާއި ކަމިލާ ކަބެއްލޯގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފި އެވެ. ދެމީހުންގެ ލޯބީގެ ގުޅުމަށް މިހާރު ދެ އަހަރު ވެއްޖެ އެވެ. އެ ގުޅުން ނިމުމަކަށް ...

18 Nov 2021 | 07:26

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ކަމަށްވާ ޝޯން މެންޑޮޒް އާއި ކަމިލާ ކަބެއްލޯގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފި އެވެ.

ދެމީހުންގެ ލޯބީގެ ގުޅުމަށް މިހާރު ދެ އަހަރު ވެއްޖެ އެވެ. އެ ގުޅުން ނިމުމަކަށް ގެނައިކަން ދެމީހުން ވަނީ ރަސްމީކޮށް އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ.

އެމީހުން ބުނީ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ގެންނަން ނިންމީ އެކުގައި ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ދެމީހުންނަކީ އެންމެ ގާތް ދެ އެކުވެރިން ކަމަށާއި ދެމީހުުންގެ ދެމެދުގައި އޮތް ގުޅުން އެހެން އިންސާނުންގެ މެދުގައި އޮންނަ ގުޅުމަށްވުރެ ރަނގަޅުވެފަ ބަދަހި ވާނެ ކަމަށެވެ.

ދެމީހުންވެސް ވަނީ ސަޕޯޓަރުންގެ ކިބައިން އެއްބާރުލުން ދިނުމަށް އެދިފަ އެވެ.

އެންމެ ފަހުން ދެމީހުން އެކުގައި އާންމުންނަށް ފެނިގެން ދިޔައީ ސެޕްޓެމްބަރު މަހު ބޭއްވި މެެޓް ގާލާ އިންނެވެ. މީގެ އިތުރުން މިމަހު ކުރީ ކޮޅު ފްރޮޑިޝާ ބީޗުގައި ދެމީހުން ވަގުތު ހޭދަ ކޮށްފައިވެ އެވެ.

ޝޯން އަކީ ކެނެޑާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެކެވެ. އަދި ކަމިލާ އަކީ ކިއުބާއަށް ނިސްބަތްވާ އިނގިރޭސި ލަވަކިޔުންތެރި އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް