ފައިސާ ހޯދުމަށް ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު ދޫކޮށްލައިފި

ފައިސާ ހޯދުމަށް ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު ދޫކޮށްލައިފި އެވެ. އަނިޔާ ލިބުނު ސިފައިންގެ މީހާގެ ޢާއިލާ އާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެމީހާ ރަހީނުކުރީ، މާފަ...

18 Nov 2021 | 07:24

ފައިސާ ހޯދުމަށް ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

އަނިޔާ ލިބުނު ސިފައިންގެ މީހާގެ ޢާއިލާ އާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެމީހާ ރަހީނުކުރީ، މާފަންނު އޭސް ހާޑްވެއަރ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ކަމަށެވެ. އަދި އޭނާ ރަހީނު ކޮށްފައިވަނީ ރޭ 11:30 އިރު ކަމަށެވެ.

ޢާއިލާ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އޭނާއަށް ވަރަށްބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ނުލިބުމުން އޭނާ ދޫކޮށްލީ މިއަދި ހެނދުނު ކަމަށެވެ.

"ފައިސާ ނުލިބުމުން މިއަދު ހެނދުނު އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް އޭނާ ވައްޓާލާފަ އޮތީ. ރަހީނު ކުރި ގުރޫޕުގައި ހަތް މީހުން ހިމެނޭ ކަމަށްވަނީ. އެ އެންމެން ވެސް ތިބީ މާސްކު އަޅާ މޫނު ނިވާކޮށްގެން." އަނިޔާލިބުނު ސިފައިންގެ މީހާދިން މައުލޫމާތަށް ބުރަވެ، ޢާއިލާއިން ބުނިކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 09:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ބުންޏެވެ.

ނަަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް