ކޯނޭ ލިފްޓު ގަންނަ ފަރާތްތަކަށް އިންސްޓޯލްކުރުން ހިލޭ ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި

"ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ. އެ ކުންފުނިން އޮތަރައިޒްޑް ޑިސްޓިބިއުޓަރގެ ގޮތުގައި އެތެރެކޮށް ވިއްކަމުންދާ މި ބްރޭންޑުގެ ލިފް...

18 Nov 2021 | 07:11

"ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.

އެ ކުންފުނިން އޮތަރައިޒްޑް ޑިސްޓިބިއުޓަރގެ ގޮތުގައި އެތެރެކޮށް ވިއްކަމުންދާ މި ބްރޭންޑުގެ ލިފްޓް ހިލޭ އިންސްޓޯލްކޮށްދޭ ޕްރޮމޯޝަން ފަށާފައިވަނީ މއިަދު އެވެ. އަދި މި ޕްރޮމޯޝަން އަންނަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފެށިގެންދާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" މެދުވެރިކޮށެވެ.

"ލިވިންގް އެކްސްޕޯ"ގައި ބެހެއްޓިފައި ހުރި އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތް ކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެމަސައްކަތް ހިލޭ ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާގޮތަށް ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމު ވެސް އެސް.ޓީ.އޯގެ ސްޓޯލްގައި ވަނީ ހަމަޖެހިފަ އެވެ. އަދި ލިފްޓު ބޭނުންވާ ޑިޒައިނަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފަ އެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކިފަހަރު މަތިން ލިބިފަ އެވެ.

އެސް.ޓީ.އޯއިން ދާދި ފަހުން ވަނީ ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަންވެސް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފަ އެވެ. އަދި މިއީ މާކެޓްގައި މިހާރު ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ އެއް ލިފްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް