ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކަމަށް ބޭނުންވާ ގެ އޮޑިޓް ހެދި، އެންމެ ބޮޑަށް އެހީ ބޭނުންވާ ސްކޫލުތަކުގެ ގޮތުގައި 55 ސްކޫލެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ސްކޫލުތަކަށް އެހީވުމަށް ބަޖެޓުގައި ހިމަނައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަކީ އަމާޒެއް. އެ އަމާޒަށް ވާސިލު ވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. މި 55 ސްކޫލަށް ވެސް އެކެޑެމިކަލީގެ އިތުރުން އުމްރާނީ ތަރައްގީ ގެނެސްދިނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމަށް ޢިޝާރާތް ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅޭ 169 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
މީގެ ތެރޭގައި 1068 ކްލާސްރޫމް ބިނާކުރުމާއި 66 މަލްޓި ޕަރޕަސް ހޯލް ބިނާކުރުމާއި 255 އެހެނިހެން އިމާރާތްތައް ހިމެނޭ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންނަށް ފަސޭހައިން ކިޔަވައިދިނުމަށް ސެޓްލައިޓް ސްކޫލުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސެޓްލައިޓް ސްކޫލުތަކުގެ މައިހަބް ގާއިމްކުރާނީ ހުޅުމާލޭ ހުރަވީ ސްކޫލުގައި ކަމަށް ވެސް މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް