ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފި

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުގެ ފަރާތުން އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ފޮޓޯއެއް ހަދިޔާކޮށްފިއެވެ. އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި ދެ ފޫޓް ތިން ފ...

18 Nov 2017 | 15:54

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުގެ ފަރާތުން އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ފޮޓޯއެއް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި ދެ ފޫޓް ތިން ފޫޓުގެ މި ފޮޓޯ ހަދިޔާކޮށްފައިވަނީ ކުޅުދުއްފުށީގައި މިއަދު ބޭއްވި އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ސައިލެންޓް ޑްރިލްގެ ދައްކާލުން ފެށުމުގެ ކުރިންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާގެ ފަރާތުން މި ފޮޓޯއާއި ހަވާލުވެލެއްވީ ބައްޕަ އާދަމް މުޙައްމަދާއި މަންމަ އައިޝަތު ޙަސަން ކަމުގައި އެމްއެންޑީއެފުން ހާމަކޮށްފައި ވެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ފޮޓޯއަކީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ކުޅުދުއްފުށީގައި ދައްކާލި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް ފަހު ނަގާފައިވާ ހަނދާނީ ފޮޓޯއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް