އުމުރުން 39 އަހަރުގެ ދިވެއްސެއްގެ ހައްޔަރު ބަންދުގެ އަދަދު 70 އަށް އަރައިފި

އުމުރުން 39 އަހަރުގެ ދިވެއްސެއްގެ ހައްޔަރު ބަންދުގެ އަދަދު 70 އަށް އަރައިފިއެވެ. މިކަން ފާހަގަކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދު އަމުރުގައެވެ. 15 ދުވަހަށް ބަން...

18 Oct 2024 | 17:40

އުމުރުން 39 އަހަރުގެ ދިވެއްސެއްގެ ހައްޔަރު ބަންދުގެ އަދަދު 70 އަށް އަރައިފިއެވެ.

މިކަން ފާހަގަކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދު އަމުރުގައެވެ.

15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އެ އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ އޭނާގެ ބަންދު 69 ރެކޯޑު އޮތް ކަމަށެވެ. އެހެންކަމުން މިއަދު ހަވީރު ކުރި ބަންދު އަމުރާއެކު އޭނާގެ ހައްޔަރު ބަންދުގެ އަދަދު 70 އަށް އެރީއެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އެމީހާގެ ބަންދުގެ އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވާކަމަށާއި އޭނާ ކުށުގެ އަމަލު ހިނގާފައިވަނީ އޭނާއާއި އިތުރު މީހަކު ބައިވެރިވެގެން ކަމުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް