މައިދާނުގައި ސިންވާ ސަހީދުވެފައިވާކަން ހަމާސްއިންވެސް ހާމަކޮށްފި

ހަމާސް ޖަމާއަތުގެ އައު ލީޑަރު، ޔަހްޔާ ސިންވާ، ހަނގުރާމައިގެ މައިދާނުގައި ސަހީދުވެފައިވާކަމުގައި ހަމާސް ޖަމާއަތުންވެސް ބުނެފިއެވެ. ހަމާސް ޖަމާއަތުން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ޚަލީލް ހައްޔާ...

18 Oct 2024 | 17:00

ހަމާސް ޖަމާއަތުގެ އައު ލީޑަރު، ޔަހްޔާ ސިންވާ، ހަނގުރާމައިގެ މައިދާނުގައި ސަހީދުވެފައިވާކަމުގައި ހަމާސް ޖަމާއަތުންވެސް ބުނެފިއެވެ.

ހަމާސް ޖަމާއަތުން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ޚަލީލް ހައްޔާ މިއަދު އެކަން އިއުލާނުކޮށްފައިވާއިރު އެ ޖަމާއަތުން ބުނެފައިވަނީ ސިންވާ ސަހީދުވިނަމަވެސް ހަނގުރާމައިގާ ހަމާސް ޖަމާއަތުން އަމާން ނުދޭނެއެވެ. އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުން ނަމަ އަދި އަސީރުން މިނިވަންކުރަން ބޭނުން ނަމަ އޮތް ހަމަ އެކަނި ގޮތަކީ އިސްރާއީލުގެ ފައުޖުތަކުން ހަމަލާތައް ހުއްޓާލައި ޣައްޒާ ބިމުން ފޭބުން ކަމުގައި ހައްޔާ ބުނެފައިވެއެވެ.

ސިންވާ ޝަހީދުވެފައިވާކަން ހަމާސް އިން ރަސްމީކޮށް މިއަދު ހާމަކޮށްފައިވާއިރު އިސްރާއީލުން ރޭގައި ބުނެފައިވަނީ ސިންވާގެ ފުރާނަ ދުއްވައިލެވުނީ ހަނގުރާމައިގެ މައިދާނުގައި ދިން ހަމަލާއެއްގައި ކަމަށެވެ. އަދި ހަށިގަނޑު އިސްރާއީލަށް ގެންގޮސް ތަހުލީލުކޮށް އެއީ ސިންވާކަން ކަށަވަރުކޮށްފައިވާކަމަށެވެ.

ހަމާސް ގެ އާ ލީޑަރުކަމަށް ސިންވާ ހަމަޖެއްސީ މިދިޔަ ޖުލައިގައި ހަމާސްގެ ކުރީގެ ލީޑަރު ހާނިޔޭ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް